Wanted GID

ތިރީގައިވާ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

މިމީހާ ހޯދަމުންދަނީ 2018 ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ގެއެއްގެ ތިރީގައި ބަހައްޓާފައިހުރި ފިލާތަކެއް ވަގަށް ނަގާފައިވާ މައްސަލައިގެ ތުހުމަތުގައެވެ. ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.