1

ރ. އިނގުރައިދޫ ސްކޫލްގެ ދަރިވަރުންނަށް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރ 25ވަނަ ދުވަހު އިނގުރައިދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި މަގު ބޭނުންކުރުމުގައި ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގައި ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މީގެއިތުރުން މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

އިނގުރައިދޫ ސްކޫލްގެ ގްރޭޑް 1 އަދި ގްރޭޑް 2 ގައި ތަޢުލީމު ޙާސިލްކުރަމުންދާ 45 ދަރިވަރުން ބައިވެރިވެފައިވާ މިސެޝަންގައި ދަރިވަރުންނަށް މަޢުލޫމާތު މަޢުލޫމާތު ދީފައިވަނި އިނގުރައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.