ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ޕޮލިސް ސަރޖަންޓް މުޙައްމަދު މަޢުސޫމް
Banguraa12

ބަނގުރާ ފުޅިތަކަކާއެކު މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ  ރޭ ދަންވަރު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރުއިރު އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ބަނގުރާ ފުޅިތަކެއް ފެނުމާއި ގުޅިގެންނެވެ.

ސައިކަލް ބަލައިފާސްކުރިއިރު ސައިކަލުގެ މަޑިދަށުން  3 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 4 ފުޅި ފެނިފައިވެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.