DEDWanted

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ  ލ.ގަން/ތުނޑި، ވަގުތީހިޔާ، މުޙައްމަދު ޝިޔަމް (30އ) އެވެ.

މުޙައްމަދު ޝިޔަމް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660126 އަށް   ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.