ޤައުމީ ވޮލީބޯޅަ މުބާރާތުގައި ޕޮލިސް ކުލަބާ އެފްއެމް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: ވީއޭއެމް
ޤައުމީ ވޮލީބޯޅަ މުބާރާތުގައި ޕޮލިސް ކުލަބާ އެފްއެމް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން -- ފޮޓޯ: ވީއޭއެމް

50 ވަނަ ޤައުމީ ވޮލީބޯޅަ މުބާރާތުގައި ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ  އެތެރެ ކޯޓުގައި އިއްޔެ ހަވީރު މެޗު ޕޮލިސް ކުލަބު ކާމިޔާބުކުރީ އެފްއެމް ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ޕޮލިސް ކުލަބުން މިމެޗުގެ ސެޓްތައް ކާމިޔާބުކުރީ  25-19، 28-26 އަދި 25-22 އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހައްވާ ރާޝިދާއެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތުގައި މިއަހަރު ތިން ޓީމަކު ބައިވެރިވެއެވެ. މި މުބާރާތް ކުރިއަށްދަނީ ތިން ޓީމުގެ މެދުގައި ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. އަދި ފައިނަލުގެ އަނެއް ޖާގަ ލިބިގެންދާނީ ދެން ހިމެނޭ ދެޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.