dhiggaru

ދިއްގަރު ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން  ސްވިމިންގ ކޭމްޕް 2018ގެ ނަމުގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މ. ދިއްގަރުގައި ފަށައިފިއެވެ.

 އޮކްޓޫބަރު 9ން އޮކްޓޫބަރު 19ށް ކުރިއަށްގެންދާ މިޕްރޮގްރާމަކީ އެސްކޫލްގެ ބެލެނިވެރިންނާއި، ހުޅުމާލޭ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކު ދިއްގަރު ޕޮލިސް ސްޓޭޝަނާއި، ދިއްގަރު ސްކޫލް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ދިއްގަރު ސްކޫލްގެ ގްރޭޑް 1ން ގްރޭޑް 8ށް ތަޢުލީމް ޙާޞިލް ކުރަމުންދާ 153 ދަރިވަރުން ބައިވެރިވެފައިވާ މިޕްރޮގްރާމްގައި، ފަތަން ދަސްކޮށްދިނުމާއި، ފެތުމުގެ ހުނަރު އިތުރުކުރުވުމާއި، ދަރިވަރުން މޫދަށް އަހުލުވެރި ކުރުވުމާއި އަދި  މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.