viber image

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ހިތަދޫއަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން ހިތަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ  36 އަހަރުގެ މީހަކާއި 46 އަހަރުގެ މީހެކެވެ.

  އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން، އޮކްޓޫބަރ 9ވަނަ ދުވަހުގެ 23:50 ހާއިރު ހިންގި މިއޮޕަރޭޝަންގައި ހިތަދޫ ބަނދަރު ސަރަޙައްދުން މިދެމީހުން ހުއްޓުވައި ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ބުލެޓު ފެނިފައިވެއެވެ.

މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ.