JapanCourse

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު ޖަޕާނަށް ފުރައިފިއެވެ.

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ކްރިމިނަލް ޖަސްޓިސް ރެސްޕޮންސް ޓު ކޮރަޕްޝަން” ޕްރޮގްރާމްގައި ބައިވެރިވުމަށް އިއްޔެގެ ވަގުތެއްގައި ޖަޕާނަށް ގޮސްފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއީލް ނަދީމްއެވެ.

 އޮކްޓޯބަރ 8ން ނޮވެމްބަރ 16ށް ކުރިއަށްދާ މިތަމްރީން ޕްރޮގްރާމްގައި، ޢަދުލު އިންސާފުގެ ނިޒާމް އިތުރަށް ރަނގަޅުކުރުމަށްޓަކައި ބައިނަލް އަޤްވާމީ މުޖްތަމަޢުގައި  ޢަމަލުކުރަމުންދާ އެންމެ ފަހުގެ ގޮތްތަކާއި ބެސްޓް ޕްރެކްޓިސްއާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވިގެންދާނެއެވެ. އަދި ޤައުމުތަކުގައި ހިނގާ ކަންތައްތަކާއި ގުޅޭގޮތުން ގްލޯބަލް ނެޓްވޯރކެއް ޤާއިމްކުރުމަށް މަޝްވަރާ ކުރެވިގެންދާނެއެވެ.