MusthoSir

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު އިންޑިއާއަށް ފުރައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްގެ ފަރާތުން އިންޑިއާގެ ޗަންދީގަރގައި ބޭއްވުމަށް ހަމަޖެހިފައިވާ މިވޯކްޝޮޕްގައި ބައިވެރިވުމަށް، އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ގޮސްފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުސްޠަފާއެވެ.

 އޮކްޓޯބަރ 10ން 12ށް ކުރިއަށްދާ މިވޯކްޝޮޕްގައި، ސައުތު އޭޝިއާ ސަރަޙައްދުގެ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށާއި، މިފަދަ މައްސަލަތައް ހައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ޤާއިމް ކުރުމަށްޓަކައި މަޝްވަރާ ކުރެވިގެންދާނެއެވެ.