ފައިލް ފޮޓޯ--
ފައިލް ފޮޓޯ--

ބ. ހިތާދޫ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި  އެފިހާރައިން ގިނައަދަދެއްގެ ފައިސާއާއި މުދާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ހިތާދޫ  ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެފިހާރައިން ވައްކަންކޮށްފައިވާ ކަމަށްބުނެ، ސެޕްޓެމްބަރ 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ.

 މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 05 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިދެމީހުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 14023.50 ރުފިޔާއާއި މުދާ ހޯދައި ވެރިފަރާތާއިވަނީ ހަވާލުކޮށްފައެވެ.

މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.