Bluewave

މިއީ 2018 ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ އޮޕަރޭޝަން "އޮޕަރޭޝަން ބްލޫވޭވް" ގެދަށުން ދިވެހި ފުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ވަގުތުން ގެނެސްދިނުމަށް ޕޮލިސް މީޑިއާ ސެންޓަރުން ފޯރުކޮށްދޭ މަޢުލޫމާތުތަކެވެ.

22 ސެޕްޓެމްބަރު 2018
18:21
އޮޕަރޭޝަން ބްލޫވޭވްގެ އޮޕަރޭޝަނަލް ފޭސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ބްރީފިންގގެ ތެރެއިން -- ފޮޓޯ: ޕޮލިސް މީޑިއާ
18:18

އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ އޮޕަރޭޝަނަލް ފޭސް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވަނީ މިއަދު ހަވީރު ފައްޓަވާ ދެއްވާފައި.

18:12

އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ ސެޕްޓެމްބަރު 3 ވަނަ ދުވަހު. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާނެ.