viber image

ދ. ކުޑަހުވަދޫގެއަކުން ވަގަށް ނަގާފައިވާ ތަކެތި ހޯދައި، އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ކުޑަހުވަދޫ ގެއަކުން މޯބައިލް ފޯނާއި ޓެބްލެޓަކާއި ރަން ފަށަކާއި ކެވެލިތަކެއްގެ އިތުރުން 100 ޑޮލަރު ވަގަށް ނަގާފައިވާކަމަށް ބުނެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެރޭ 18:45 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ސެޕްޓެމްބަރު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މިތަކެތި ހޯދާފައިވަނީ މީހަކަށް ވިއްކާލާފައިވަނިކޮށެވެ.

ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ މޯބައިލް ފޯނަކާއި ޓެބްލެޓްގެ އިތުރުން ރަން ދެ ކެވެލިކޮޅާއި ރަން ފަށެކެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވެއެވެ. އަދި މި މައްސަލަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.