viber image

ކ. ހިންމަފުށީ ގެއަކުން ފައިސާތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހިންމަފުށީ ގެއަކުން ފައިސާތަކެއް ވަގަށްނެގި ކަމަށް، ސެޕްޓެމްބަރ 16ވަނަ ދުވަހުގެ ރޭ 23:45 ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން، ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، 21 އަހަރުގެ ފިރިހެނެކެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މިމީހާ ދިރިއުޅޭގެ ބަލައި ފާސްކުރި ކުރުމުން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 2602 ޑޮލަރާއި 29958 ދިވެހި ރުފިޔާ އެގެއިން ފެނިފައިވެއެވެ.

ވައްކަމުގެ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިމައްސަލަ ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.