މަސްތުވާތަކެއްޗާއެކު މީހަކު ފ.ނިލަންދޫން ހައްޔަރުކޮށްފި

ޕޮލިސް ލާންސްކޯޕްރަލް އައިމިނަތު އަފްސާނާ
NilandhooDrug

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފ.ނިލަންދޫ ބަނދަރު  ސަރަޙައްދުންނެވެ.

މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ އަތުގައި އޮތް އަތްދަބަސް ތެރޭގައި އޮތް ޝޭމްޕޫ ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ

މިމައްސަލަ ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.