Vatoll

ރިޔާސީ އިންތިހާބަށް ފުލުހުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ވ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހިންގި މިޕްރޮގްރާމުގައި، ފުލުހުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާއި ބެހޭ ޤަވާއިދާއި އަދި ޖިނާއީ ޢިޖުރާއަތުގެ ޤާނޫނާއި ގުޅޭ ގޮތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ފުލުހުން ބޭނުން ކުރާ ލެސްލީތަލް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑި އާއި މުގުރުގެ އިތުރުން ޕެޕަރ ސްޕްރޭ ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލުކުރާނެ ގޮތްތަކާއި އުކުޅުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ރިފްރެޝަރ ޕްރޮގްރާމްގައި ވ.އަތޮޅުގައި މަސައްކަތްކުރާ 17 ފުލުހަކު ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައިވަނީ އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ތަމްރީން ލިބިފައިވާ ފުލުހުންނެވެ.