Kurendhoo

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ކުރެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކުރެންދޫ އުތުރު ފަރާތު މައިޒާން ސަރަޙައްދުންނެވެ. އަދި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ޓްރެކްސޫޓްގެ ވާތްފަރާތު ޖީބުގައި އޮތް ސިގިރޭޓް ފޮޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އެއްރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލަ ކުރެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.