ކ-ވ: ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަބްދުﷲ އަފީފް،  ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އާދަމް ޖަމީލް --
ކ-ވ: ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަބްދުﷲ އަފީފް، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އާދަމް ޖަމީލް --

 

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދެ ފުލުހަކު ސިންގަޕޫރަށް ފުރައިފިއެވެ.

ސިންގަޕޫރުގެ ވިއުގަރ ސޮލިއުޝަނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތްރީސީއެކްސް އިންޓަރމީޑިއެޓް އެންޑް ތްރީސީއެކްސް އެޑްވާންސްޑް ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ސިންގަޕޫރަށް ގޮސްފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަބްދުﷲ އަފީފްއާއި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އާދަމް ޖަމީލް އެވެ.

މި ދެފުލުހުންވެސް ސިންގަޕޫރަށް ފުރާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

 ސެޕްޓެމްބަރ 13ން 15ށް ސިންގަޕޫރުގައި ކުރިއަށްދާ މިތަމްރީން ޕްރޮގްރާމުގައި، ތްރީސީއެކްސް ސިސްޓަމް އަޕްގްރޭޑްކޮށް ބެލެހެއްޓުމާ ގުޅޭ ދާއިރާތަކުން ތަމްރީން ދިނުމަށްވަނީ ހަމަޖެހިފައެވެ.