Hoadehdhoo

ގދ.ހޯޑެއްދޫ ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދާ ގްރޭޑް 7,8 އަދި ގްރޭޑް 9ގެ ދަރިވަރުނަށް މަޢުލުމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ގދ.ހޯޑެއްދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ި، އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ ނިޝާންތަކަކީ ކޮބައިކަމާއި އެނިޝާންތަކުގެ ބޭނުމަކީ ކޮބައިކަމާއި ޓްރެފިކްގެ ނިޝާންތަކަށް ޢަމަލުކުރުމުގެ މުހިންމުކަަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކާއި އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތަކާއި ދަރިވަރުންގެ ފެންވަރުގައި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންެވެސް މަޢުލޫމާތު ދީފައިވެއެވެ

މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ވޯޓް ސެކިއުރިޓީ އަށް ގދ.ހޯޑެއްދޫގައި ހަރަކާތްތެރިވާ ފުލުހުންނާއި މަޑަވެލީ ޕޮލިސް ސްޓޭޝަންގައި ހަރަކާތްތެރިވާ ފުލުހުންނެވެ.