CSD

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިއަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ.މަރަދޫ، ރިޔާސާމަންޒިލް، އަޙްމަދު ރިޝްވާން (31އ) އާއި ށ.ފޭދޫ، ވިލާދުނި، ޙަސަން ވަޙީދު (32އ) އެވެ.

މި ދެމީހުންގެ ތެރެއިން، އަޙްމަދު ރިޝްވާން  ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 10:00 އަށް އެކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޙަސަން ވަޙީދު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ 11:15 އަށް އެކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.