ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން --
ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން --

ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ޔުނިސެފްގެ އެހީތެރިކަމާއި އެކު “ޗައިލްޑް ސޭފް ޓޫރިޒަމް” ޕްރޮގްރާމް ކ. ގުރައިދޫގައި ހިންގައިފިއެވެ.

މި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމަކީ ރާއްޖޭގެ ޓޫރިސްޓް ރިސޯރޓް ތަކުގައި މަސައްކަތް ކުރާ އޮޕަރޭޝަނަލް ސްޓާފުންނާއި ގެސްޓްހައުސް ތަކުގެ މެނޭޖަރުންނަށް މަޢުލޫމާތު ހިއްސާ ކުރުމާއި ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ ތުއްތު ކުދިންނާއި، އަދި ރާއްޖޭގައި އުޅޭ ތުއްތު ކުދިންނަށް މިފަދަ ކަންކަމުން ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަޤުޞަދުގައި ހިންގި ޕްރޮގްރާމެކެވެ.

ކ.ގުރައިދޫގައި ކުރިއަށްގެންދިޔަ މިޕްރޮގުރާމްގައި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމާއި ގުޅޭގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ގެސްޓް ހައުސްތަކުގެ މުވައްޒަފުންގެ އިތުރުން އެރަށުގެ ރައްޔިތުންނަށް ވަނީ މައުލޫމާތުދީފައެވެ.