ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިޙް --
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިޙް --

ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު ކެނެޑާއަށް ފުރައިފިއެވެ.

ކެނެޑިއަން ޕޮލިސް ކޮލެޖުގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ޓްރެއިނިންގ ކޯހުގައި ބައިވެރިވުމަށް ކެނެޑާއަށް ގޮސްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިޙްއެވެ. މުޙައްމަދު ސާމިހް ކެނެޑާއަށް ފުރާފައިވަނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

 ސެޕްޓެމްބަރ 10ން 21ށް ކެނެޑާގެ އޮޓަވާގައި ކުރިއަށްދާ މި ޓްރެއިންގ ޕްރޮގްރާމުގައި، ބޮޑެތި އަދި ސީރިއަސް މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގެ ހުނަރުތަކާއި އުކުޅުތައް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.