
ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަނުގައި މަސައްކަތް ކުރާ ފުލުހުންނަށް އަމާޒުކޮށްގެން ޕަބްލިކް އޯޑަރ ރިފްރެޝަރ ޕްރޮގްރާމެއް ލ.ގަން އަދި ލ.ފޮނަދޫގައި ކުރިއަށް ގެންގޮސްފިއެވެ
އޮގަސްޓް މަހުގެ 17 ން 19 ވަނަދުވަހު ކުރިއަށް ގެންދިޔަ، މި ޕްރޮގްރާމުގައި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި މަސައްކަތް ކުރާ 20 ފުލުހަކުވަނީ ބައިވެރިވެފައެވެ. މިޕްރޮގްރާމުގައި، އެއްވުންތައް ރޫޅާލާނެ ގޮތާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލުކުރާނެ ގޮތްތަކާއި އުކުޅުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފުލުހުން ބޭނުން ކުރާ ލީތަލް އަދި ލެސްލީތަލް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑި އާއި މުގުރުގެ އިތުރުން ޕެޕަރ ސްޕްރޭ ބޭނުންކުރާނެ ގޮތްތަކާއި ބެހޭގޮތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ
މި ޕްރޮގްރާމުގައި ކިޔަވައިދެއްވާފައިވަނީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާރޓްމަންޓް ގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ޕަބްލިކް އޯޑަރ ޓްރެއިނިންގ ތަމްރީނު ލިބިފައިވާ ފުލުހުންނެވެ.