ބާރަށުގައި ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނުގެ ތެރެއިން --
ބާރަށުގައި ފުލުހުން ހިންގި ޓްރެފިކް އޮޕަރޭޝަނުގެ ތެރެއިން --

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ.ބާރަށު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ

އޮގަސްޓް 19 ވަނަ ދުވަހު ބާރަށުގައި ކުރިއަށް ގެންދިޔަ ޓްރެފިކްގެ މިއޮޕަރޭޝަނަކީ، ބާރަށުގައި  ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި،  ބާރަށުގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައިވެއެވެ. މި އޮޕަރޭޝަންގައި 12 އުޅަނދު ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވި 3 ފަރާތަކަށް ފިޔަވަޅު އަޅާފައިވެއެވެ.

ެމަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ދަނީ ހިންގަމުންނެވ