hulhudhoo

ސ.  ހުޅުދޫ ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް  މަހުގެ 15 ވަނަ ދުވަހު ހުޅުދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބެލެނިވެރިންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރު އަދާކުރުމުގެ މުހިންމުކަމާއި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ކަންކަމުން ދަރިން ދުރުހެލި ކުރުމަށް މަސައްކަތްކުރުމާއި ދީނީ ކަންކަން ދަރިންނަށް އޮޅުންފިލުވައިދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ހުޅުދޫ ސްކޫލުގެ 100 ބެލެނިވެރިއަކު ބައިވެރިވެފައިވެއެވެ.