ގދ.ރަތަފަންދޫ، ޝިފާނާމަންޒިލް، އާދަމް ސަޢީދު
ގދ.ރަތަފަންދޫ، ޝިފާނާމަންޒިލް، އާދަމް ސަޢީދު

ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިންގ ޔުނިޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގދ.ރަތަފަންދޫ، ޝިފާނާމަންޒިލް، އާދަމް ސަޢީދު (30އ) އެވެ.

ވީމާ އާދަމް ސަޢީދުއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެންޓި ހިއުމަން ޓްރެފިކިންގ ޔުނިޓުގެ ނަމްބަރު 9500125 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.