hirilandhoo

ތ.ހިރިލަންދޫގައި ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

 އޮގަސްޓް 08 ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ހިރިލަންދޫ ސްކޫލްގެ 160 ބެލެނިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގައި  ބެލެނިވެރިންގެ ދަޢުރުގެ މުހިންމު ކަމާއި ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި، ބޮޑެތިވަމުންއަށްނަ ކުދިންނަށް އާއްމު އިޖްތިމާޢީ މިންގަޑުތަކާއި ޤަވާއިދުތައް ދަސްވެފައި ހުރުމުގެ މުހިންމު ކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މުސްތަޤްބަލުގެ ޖީލު ހަރުދަނާ  ގޮތުގައި ބިނާ ކުރުމުގައި ބެލެނިވެރިންގެ ދައުރާއި، އެކިކަންކަމާއި ގުޅިގެން ކުދިންނަށް ލިބެމުންދާ އަނިޔާތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި މިޕްރޮގްރާމް ކުރިއަށް ގެންދާގޮތަށްވަނީ  ހަމަޖެހިފައެވެ.