parents

އައްޑޫސިޓީ މަރަދޫ ސްކޫލްގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް 8ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ސައިބަރ ކްރައިމްސްއަކީ ކޮބައިކަމާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރަންވީ ގޮތްތަކާއި އާއްމު އިޖްތިމާޢީ މިންގަޑުތަކާއި ޚިލާފު އަމަލުތަކަކީ ކޮބައިކަމާއި އަދި ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމުގައި ބެލެނިވެރިންގެ ދައުރުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މީގެއިތުރުން ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ބޮޑެތިވަމުންއަންނަ ކުދިންނަށް އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޤަވާޢިދުތަށް ދަސްކޮށްދިނުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މުސްތަޤުބަލުގެ ޖީލު ހަރުދަނާގޮތުގައި ބިނާ ކުރުމުގައި ބެލެނިވެރިންގެ ދައުރާއި، އެކިކަންކަމާއި ގުޅިގެން ކުދިންނަށް ލިބެމުންދާ އަނިޔާތަކާއި ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާއި ގުޅޭގޮތުން ވެސް  މިޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވެއެވެ.

މިޕްރޮގްރާމަކީ ގަން ޕޮލިސް ހިމެނޭ ސަރަޙައްދުގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.