Maradhoo

އައްޑޫ ސިޓީ މަރަދޫ ސުކޫލްގެ ދަރިވަރުންނަށް  މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

 އޮގަސްޓް 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، މަރަދޫ ސްކޫލްގެ ގްރޭޑް 7 އަދި ގްރޭޑް 8ގެ ދަރިވަރުންނަށް  މަޢުލޫމާތު ދީފައިވަނީ އެންޓި ސޯޝަލް ބިހޭވިއަރއާއި ގުޅޭގޮތުންނެވެ. އެގޮތުން މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތަކަކީ ކޮބައިކަމާއި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ދަރިވަރުންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން އޮގަސްޓް 8 ވަނަ ދުވަހު މަރަދޫ ސްކޫލްގެ ގްރޭޑް 5 އަދި ގްރޭޑް 6ގެ ދަރިވަރުންނަށް ސައިބަރ ކްރައިމްއާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު މި ޕްރޮގްރާމުގައި ވަނީ ސައިބަރ ކްރައިމްސް އަކީ ކޮބައިކަމާއި އެކަމުން ރައްކާތެރިވާނެ ގޮތްތަކާއި އަދި ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައެވެ.