viber image

އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސ. ހުޅުމީދޫގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް 7 ވަނަ ދުވަހު ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި ވަނީ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އަންނަ ފޯންކޯލްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ ރައްކާތެރިވެ ތިބުމާއި. ބޭންކް އެކައުންޓުގެ މަޢުލޫމާތާއި ކޭޝް ކާރޑްގައިވާ މަޢުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ވައްކަންކުރުންފަދަ ކަންކަމަށް މަގުފަހިވާ ކަންކަމަކީ ކޮބައިކަމާއި އެއްގަމު ދަތުރުފަތުރު ކުރާ އުޅަނދުތަކުގައި  ހުންނަންޖެހޭ ސްޓިކާތަކާއި އަހަރީފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ސްޓިކާގެ މުއްދަތު ހަމަވެފައިވޭތޯ ބަލައިފައިވެއެވެ.

މީގެއިތުރުން އެމެޖެންސީ ހާލަތްތަކުގައި ގުޅާނެ ތަންތަނުގެ ނަމްބަރުތައް ހިއްސާކޮށްފައިވެއެވެ.

އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށްދަނީ މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.