addu1

އައްޑޫ ސިޓީ މަރަދޫފޭދޫ ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދާ ގްރޭޑް 7 އާއި ގްރޭޑް 8ގެ ދަރިވަރުނަށް މަޢުލުމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް މަހުގެ 6 ވަނަ ދުވަހު މަރަދޫ ފޭދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި އެންޓިސޯޝަލް ބިހޭވިއަރ އާގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން މަގުމަތީގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކަކީ ކޮބައިކަމާއި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ދަރިވަރުންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތަކާއި ދަރިވަރުންގެ ފެންވަރުގައި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.