CSD31.

 ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، މިލްކޯރާގެ، މޫސާ ޙުސައިން (32އ) އާއި ސ.ހިތަދޫ، ޚަރުދަލުގެ، ޢަބްދުﷲމަނިކުފާނު (37އ) އެެވެ.

ވީމާ މި ދެ މީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.