އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން --
އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންގެ ތެރެއިން --

 

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު އިލެކްޝަން ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮަަޕަރޭޝަންގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި  ޑެޕިއުޓީ ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އަތޮޅުތަކުގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކޮމާންޑަރުންގެ އިތުރުން މިހާރު އަތޮޅުތަކުގެ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ ކޮމިޝަންޑް އޮފިސަރުންނާއި މާލޭގައި މަސައްކަތްކުރާ ކޮމިޝަންޑް އޮަފިސަރުން ބައިވެރިވެފައިވެއެވެ.

މި ސެޝަންގައި ވޯޓުލާ މީހުންގެ އަސާސީ ހައްޤުތަކާއި ޒިންމާތަކާއި، އިންތިޚާބުގެ ޝަކުވާގެ ނިޒާމާއި އިންތިޚާބުގައި މަނާ ކަންތައްތަކާއި ކުށްތަކާއި ، ރިޔާސީ އިންތިޚާބުގައި ފުލުހުންގެ ދަޢުރާއި ގުޅޭގޮތުންނާއި ވޯޓު ނެގުމާއި ގުނުމުގެ ކަންތައްތައް ކުރިއަށްދާ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.