admin-ajax (1)

 މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ދިއްދޫގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމުގެ މަޤުސަދުގައި ޖުލައި 28ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ ޓްރެފިކްގެ މިއޮޕަރޭޝަންގައި، ދިއްދޫގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކް ޕޮއިންޓްތައްް ޤާއިމްކޮށް 110 އުޅަނދު ބަލައިފާސްކޮށްފައިވާއިރު އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް އެއްގަމު އުޅަނދު ދުއްވި 7 ފަރާތަކާއިމެދު ފިޔަވަޅު އަޅައި ނަސޭހަތްތެރިވެފައިވެއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި އަހަރީ ފީއާއި ރޯޑްވަރދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް  މިއޮޕަރޭޝަންގައި ބަލައިފައިވެއެވެ.