viber image

ކުށްމަދު އަމާން މާހައުލެއް ޤާއިމްކުރުމުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައްކުގެ ތެރެއިން، އައްޑޫސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ފަށައިފިއެވެ.

އެގޮތުން ފުރާވަރުގެ އުމުރުގެ ދަރިވަރުންނަށް އަމާޒުކޮށްފެށި މިޕްރޮގްރާމްތަކުގައި، ޖިނާޢީ ކުށްތަކަކީ ކޮބައިކަމާއި، އާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ހިމެނޭ ކަންކަމާއި، ސައިބަރ ކްރައިމްއާ ގުޅޭގޮތުން ދަރިވަރުންނަށް އޮޅުން ފިލުވައިދޭންޖެހޭ ކަންކަން އޮޅުންފިލުވައިދިނުމާއި  އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

ޖުލައި 24ން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގެ ދަށުން، މަރަދޫފޭދޫ ސްކޫލްގެ ގްރޭޑް 7 އަދި ގްރޭޑް 8ގެ ދަރިވަރުންނަށް ސައިބަރ ކްރައިމްއާއި ގުޅޭގޮތުން ދަރިވަރުންގެ ފެންވަރުގައި އެނގެންޖެހޭ ކަންކަން އޮޅުންފިލުވައިދީފައިވެއެވެ. އަދި މީގެއިތުރުން ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ހިމެނޭ ކަންކަމާއި ޖިނާޢީ ކުށްތަކާއި ގުޅޭގޮތުން ފޭދޫ ސްކޫލްގެ 8 އަދި ގްރޭޑް 9ގެ ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.