viber image

އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން އެރަށުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

 ޖުލައި 22ވަނަ ދުވަހުގެރޭ އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި މިރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައި ދެއްވީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު މުސްލިމްއެވެ.

ޖުލައި 7ން 21ށް ‘ދުޅަހެޔޮ މުޖުތަމަޢުއަކަށް ކަސްރަތު’ގެ ނަމުގައި މާމިގިލީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 153ފަރާތަކުން ބައިވެރިވެ 124 ފަރާތަކުން ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މި ޕްރޮގްރާމުގައި، މޫދު ކަސްރަތުގެ އިތުރުން ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.

އދ. މާމިގިލި ކައުންސިލް އިދާރާއާއި އދ. އަތޮޅު މަދަރުސާއާއި އަދި އދ. މާމިގިލި ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވެރިފައިވަނީ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ