2ND CHAMP

ފަހަތުން އަރައި އައިކުލަބު އަދި ޕޮލްކޯ ކޮމްބައިންގެ މައްޗަށް ކުރިހޯދައި ސީޕީ ކަޕް ދެވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެޗްއާރުއޯސީ ކޮމްބައިން ހޯދައިފިއެވެ.

މިއަދު ހަވީރު އެފްއޭއެމް ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗު  އެޗްއާރުއޯސީ ކޮމްބައިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ އައިކުލަބު އަދި ޕޮލްކޯ ކޮމްބައިންއެވެ. މެޗުގެ 6 ވަނަ މިނިޓްގައި މިލަނޑު ކާމިޔާބުކޮށްދީފައިވަނީ އަޙްމަދު ޢަބްދުﷲ އެވެ.

16

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އައިކުލަބު އަދި ޕޮލްކޯ ކޮމްބައިން ކުރީގައި އޮވެގެންނެވެ. ނަމަވެސް އައިކުލަބަށް ލީޑުގައި އޮވެވުނީ މެޗުގެ 54 ވަނަ މިނިޓާ ހަމައަށެވެ.  އެޗްއާރުއޯސީގެ މުޙައްމަދު ފައިޒާން 54 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މިމެޗުން އެޗްއާރުއޯސީގެ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 55 ވަނަ މިނިޓްގައި ޢަބްދުﷲ ޝަހުނީޒްއެވެ.

MAN

ފައިނަލް މެޗު ނިމުމުން މުބާރާތުގެ އެކިވަނަތަކަށް އައި ކުޅުންތެރިންނާއި ޓީމުތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެޗްއާރުއޯސީގެ މުޙައްމަދު ފައިޒާންއެވެ.

12

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ހޮވުނީ އީސީއެމްސީ ކޮމްބައިންގެ ޢަލީ އަޒްހަރުއެވެ. އޭނާ ވަނީ މިމުބާރާތުގައި 6 ލަނޑު ޖަހާފައެވެ. އެންމެ މޮޅު ފޯވާޑަކަށް  އެޗްއާރުއޯސީގެ މުޙައްމަދު ފައިޒާން ހޮވުނުއިރު، އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އެޗްއާރުއޯސީގެ ކީޕަރު މުނައްވަރު އާދަމްއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް އައިކުލަބު އަދި ޕޮލްކޯ ކޮމްބައިންގެ އަޙްމަދު ރާއިފް ހޮވުނުއިރު އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އެޗްއާރުއޯސީގެ ޢަލީ ތޯޙާއެވެ.

14

މުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އީސީއެމްސީގެ މުޙައްމަދު ޝާނިއުއެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް އައިކުލަބު އަދި ޕޮލްކޯ ކޮމްބައިންގެ އަޙްމަދު ރާއިފް ހޮވުނުއިރު 35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އައިކުލަބު އަދި ޕޮލްކޯ ކޮމްބައިންގެ އަޙްމަދު ޢަބްދުﷲއެވެ.

13

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އައިކުލަބު އަދި ޕޮލްކޯ ކޮމްބައިންގެ އަކްރަމް އިސްމާޢީލްއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެޗްއާރުއޯސީގެ ކޯޗު ފަރުހާދު އިސްމާޢީލްއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވުނީ އީސީއެމްސީ ކޮމްބައިންއެވެ.

17

ސީޕީ ކަޕް ދެވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް ބައްސަވާ ދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ޖެނެރަލް ސެކްރެޓަރީ ޙުސައިން ޖަވާޒްއެވެ.

15

 ސީޕީ ކަޕް ދެވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގައި ޖުމްލަ  6 ޓީމަކުން ބައިވެރިވެފައިވެއެވެ.