ID vs DED

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ  ފުރަތަމަ ޑިވިޜަންގެ ފައިނަލުން އައިޑީ ކުލަބާއި އެފްސީ މެރިނަރސް ޖާގަހޯދައިފިއެވެ.

އައިޑީ ކުލަބު ފައިނަލުން ޖާގަހޯދީ މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލް މެޗުގައި ޑީއީޑީ ކުލަބާ ވާދަކޮށް 4-1 ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އައިޑީ ކުލަބުގެ ޢަލީ ވިފާޤް ޙަސަންއެވެ.

EMES vs Mariners

އެފްސީ މެރިނަރސް ފައިނަލުން ޖާގަހޯދީ މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލް މެޗުގައި ކުލަބް އީއެމްއީއެސް އާ ވާދަކުރިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 2-2 ން އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން 3-5 ގެ ނަތީޖާއަކުން އީއެމްއީއެސްގެ މައްޗަށް ކުރިހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެފްސީ މެރިނަރސްގެ ކީޕަރު އަޒްމީ ޢަބްދުލް ރަޙުމާންއެވެ.

ފިރިހެން ޑިވިޜަންގެ ފައިނަލުގައި އެފްސީ މެރިނަރސް އާއި އައިޑީ ކުލަބު ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 16 ވަނަ ދުވަހުގެ ހަވީރު 16:00 ގައި ޓާފް ދަނޑުގައެވެ.