SORC vs POLCO2

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުން  ޕޮލްކޯ ކޮމްބައިން ޖާގަހޯދައިފިއެވެ.

ޕޮލްކޯ ކޮމްބައިން ފައިނަލުން ޖާގަހޯދީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އެސްއޯއާރުސީ ހާޓް ބީޓްގެ މައްޗަށް 4-1 ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލްކޯ ކޮމްބައިންގެ ފާތިމަތު ޒާހިރާއެވެ.

އަންހެން ޑިވިޜަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 13 ވަނަ ދުވަހުގެރޭ 20:30 ގައެވެ. ފައިނަލުގައި ވާދަކުރާނީ އައިއެސްސީ ކޮމްބައިން އާއި ޕޮލްކޯ ކޮމްބައިންއެވެ. އައިއެސްސީ ކޮމްބައިން ފައިނަލުން ޖާގަހޯދީ އެއް ވަނަ ޓީމުގެ ގޮތުގައެވެ.

SORC vs POLCO

އަންހެން ޑިވިޜަންގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. އަދި ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާފައިވަނީ ދެވަނަ ޓީމާ ތިން ވަނަ ޓީމުގެ މެދުގައި ކުޅުނު ސެމީ ފައިނަލް މެޗުންނެވެ.

ސީޕީ ކަޕް އަންހެން ޑިވިޜަންގައި ޖުލްމަ 5 ޓީމަކުން ބައިވެރިވެފައިވެއެވެ.