thulusdhu

ކ.އަތޮޅު ތަޢުލީމީ މަރުކަޒާއި ތުލުސްދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ތުލުސްދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ޖުލައި 6ވަނަ ދުވަހު ކުރިއަށްގެންދިޔަ މިކުޑަކުދިންގެ ހަވީރުގައި ތުލުސްދޫ ކައުންސިލާއި، މާލެ އަތޮޅު ކައުންސިލާއި، ތުލުސްދޫ ޒުވާނުންގެ ރޫހާއި، ކ. އަތޮޅު ތަޢުލީމީ މަރުކަޒާއި، މާލެ އަތޮޅު ހެލްތު ސެންޓަރ ބައިވެރިވެފައިވެއެވެ. މިހަވީރުގައި ބައިވެރިވި ކޮންމެ އިދާރާއަކުންވެސް  ކުޑަކުދިންނަށް ތަފާތު އެކިކުޅިވަރުތައް ކުޅެވޭނެހެން ސްޓޯލްތަކެއް ޤާއިމްކޮށްފައިވެއެވެ

ތުލުސްދޫގައި ބޭއްވި މިކުޑަކުދިންގެ ހަވީރުގައި ގިނައަދަދެއްގެ ކުޑަކުދިންނާއި ކުދިންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

ރަށުފެންވަރުގައި ކުޑަކުދިންގެ ހިތްހަމަޖެހުމަށް ހިންގާ މިފަދަ ހަރަކާތްތަކުގައި ރަށުގެ ހުރިހާ ފަރާތްތަކެއް ބައިވެރިވުމަކީ އެއްބައިވަންތަކަން ދައްކުވައިދޭކަމެކެވެ