CP-Cup2

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ  ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ސެމީ ފައިނަލުން އައިޑީ ކުލަބާއި ޑީއީޑީ ކުލަބާއި އެފްސީ މެރިނަރސް އާއި ކުލަބް އީއެމްއީއެސް ޖާގަހޯދައިފިއެވެ.

އައިޑީ ކުލަބު ސެމީ ފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލުގައި ދޫނިދޫ ކަސްޓޯޑިއަލްއާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 1-1 ން އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން  6-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

 ޑީއީޑީ ކުލަބު ސެމީ ފައިނަލުން ޖާގަހޯދީ ޓީމްއައިއެސްޑީ އާވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 0-0 ން އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ން އައިއެސްޑީގެ މައްޗަށް ކުރިހޯދައިގެންނެވެ. އެފްސީ މެރިނަރސް  ސެމީން ޖާގަހޯދީ ޓްރެފިކް ރެކްރިއޭޝަން ކުލަބާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ޓްރެފިކް މައްޗަށް ކުރިހޯދައިގެންނެވެ. އަދި ކުލަބު އީއެމްއީއެސް ސެމީން ޖާގަހޯދީ ޕީސް މޭކަރސް އާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު 2-2 ން އެއްވަރުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-4 ން ޕީސް މޭކަރސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޜަންގެ ސެމީ ފައިނަލް މެޗުތައް ޖުލައި 12 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ޑީއީޑީ ކުލަބާއި އައިޑީ ކުލަބެވެ. ދެވަނަ މެޗުގައި ވާދަކުރާނީ އެފްސީ މެރިނަރސް އާއި ކުލަބް އީއެމްއީއެސްއެވެ. މިދެމެޗުވެސް ފަށާނީ ހެނދުނު 08:30 ގައެވެ.