GID ICLUB

 ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގެ ފައިނަލުން އައި ކުލަބު އަދި ޕޮލްކޯ ކޮމްބައިން އާއި އެޗްއާރު އޯސީ ކޮމްބައިން ޖާގަ ހޯދައިފިއެވެ.

އައި ކުލަބު އަދި ޕޮލްކޯ ކޮމްބައިން ފައިނަލުން ޖާގަހޯދީ މިއަދު ހެނދުނު ކުޅުނު ސެމީ ފައިނަލް މެޗުގައި ކުލަބު ޖީއައިޑީ އަދި މެޑިކަލް އާ ވާދަކުރިމެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އައި ކުލަބު އަދި ޕޮލްކޯ ކޮމްބައިންގެ އަކްރަމް އިސްމާޢީލްއެވެ.

HROC

އެޗްއާރު އޯސީ ކޮމްބައިން ފައިނަލުން ޖާގަހޯދީ  މިއަދު ހެނދުނު އީސީއެމްސީ ކޮމްބައިން އާވާދަކުރި މެޗު 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން 5-4 ން އީސީއެމްސީގެ މައްޗަށް ކުރިހޯދައިގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އީސީއެމްސީ ކޮމްބައިންގެ ސާމް މުޙައްމަދުއެވެ.

 ސީޕީ ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޜަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ  ޖުލައި 13 ވަނަ ދުވަހުގެ ހަވީރު 16:00 ގައެވެ.މިމުބާރާތުގައި ޖުމްލަ 6 ޓީމް ބައިވެރިވެފައިވެއެވެ.