ކވ: ގއ.ވިލިނގިލި، ނޫރުމަންޒިލް، ޔޫސުފް ފުޢާދު - ގއ.ދާންދޫ، އަލިވާގެ، ޢަމްޖަދު ޢަބްދުﷲ
ކވ: ގއ.ވިލިނގިލި، ނޫރުމަންޒިލް، ޔޫސުފް ފުޢާދު - ގއ.ދާންދޫ، އަލިވާގެ، ޢަމްޖަދު ޢަބްދުﷲ

ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މަސްތުވާތަކެތީގެ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގއ.ވިލިނގިލި، ނޫރުމަންޒިލް، ޔޫސުފް ފުޢާދު (30އ) އާއި ގއ.ދާންދޫ، އަލިވާގެ، ޢަމްޖަދު ޢަބްދުﷲ (38އ) އެވެ.

ވީމާ މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 6820009 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.