dhangethi school

އދ. ދަނގެތީ ސްކޫލްގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ދަނގެތި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ދަނގެތީ ޒުވާނުންގެ ކުލަބާއި ދަނގެތި ޕޮލިސް ސްޓޭޝަން ގުޅިގެން، ޖޫން 23ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ  އައު މަންހަޖުގައި ހުރި ކަންކަމަށް ބެލެނިވެރިން އަހުލުވެރި ކުރުވުމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން އަމަލުކުރަންވީ ރަނގަޅު ގޮތް އޮޅުންފިލުވައި ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން “ސްޓޭޖްސް އޮފް  ޗައިލްޑް ޑިވެލޮޕްމެންޓް، ޕޭރެންޓިންގ ސްކިލްސް، ކީ ކޮމްޕިޓެންސީސް އޮފް ނިއު ކަރިކިއުލަމް”  އާއި ގުޅޭގޮތުން ބެލެނިވެރިންނާއި މަޢުލޫމާތު ހިއްސާކޮށްފައިވާ މިޕްރޮގްރާމްގައި،  ބެލެނިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

  މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދަނގެތި ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިފައިވެއެވެ.