fethun

ހއ. ފިއްލަދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

ޖޫން 24ން ފެށިގެން ދެހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފިއްލަދޫ ސްކޫލްގެ އެދުމުގެ މަތިން، އެސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންގެ އެހީތެރިކަމާއެކު ދިއްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެެ. ފިއްލަދޫ ސްކޫލްގެ ގްރޭޑް 1ން 6ށް ތަޢުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ  މިޕްރޮގްރާމްގައި ފިއްލަދޫ ސްކޫލްގެ ދެޖިންސް ހިމެނޭގޮތަށް ޖުމްލަ 76 ދަރިވަރުން ބައިވެރިވެފައިވެއެވެ

 ފަތަން ދަސްކޮށްދިނުމާއި ފެތުމުގެ ހުނަރު އިތުރުކުރުވުމާއި ދަރިވަރުން މޫދަށް އަހުލުވެރި ކުރުވުމާއި އަދި މީގެއިތުރުން މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި ކްލާސްތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން، މިފަދަ ކްލާސްތައް ނަގައިދުނުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.