ވިލިމާލެ ޕޮލިސް ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު އަޙްލާމް
villimale

ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ “ވިލިމާލެ ޕޮލިސް ޤުރްއާން މުބާރާތް 1439” ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު މުހްޔިއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އިނާމު ބައްސަވާ ދެއްވީ އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކަމިޝަނަރ ޢަބްދުﷲ ނަވާޒު އެވެ.

މި ރަސްމިއްޔާތުގައި، އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކަމިޝަނަރ ޢަބްދުﷲ ނަވާޒު އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކްޓިވް އޮފިސަރުންނާއި، ވިލިމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރައްވާ ފުލުހުންނާއި، މުބާރާތް ސްޕޮންސަރ ކޮށްދެއްވި ފަރާތްތަކުގެ އިތުރުން މުބާރާތް އިންސާފުކޮށްދެއްވި ފަޑިޔާރުންނާއި، މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންވެސް  ބައިވެރިވެލައްވާފައިވެއެވެ.

މި މުބާރާތުން ފަޚްރުވެރި އެއްވަނަ ޙާޞިލުކޮށްފައިވަނީ ގދ.ވާދޫ / ގުލްބަކާގެ، އާމިނަތު ޒަހާ ޒިޔާދު އެވެ. މުޅި މުބާރާތުން ދެވަނަ ޙާޞިލްކޮށްފައިވަނީ ގ.ރެޑްކޮރަލް / ކ.މާލެ، ޢަލީޝާ އަޙްމަދު ޢަބްދުއްޝަކޫރުއެވެ. އަދި މުޅި މުބާރާތުން ތިން ވަނަ ޙާޞިލްކޮށްފައިވަނީ ތ.ތިމަރަފުށި / އުދަރެސް. މަރްޔަމް ސަމްރާ ސަރާޙް އެވެ.

މި މުބާރާތުގައި އުމުރުފުރާތަކުން ވަނަވަނަ ޙާޞިލް ކުރި ދަރިވަރުން:

13 އަހަރުން ދަށް (ބަލައިގެން ކިޔެވުމުގެ ގޮފިން)

1 ވަނަ: ގދ.ވާދޫ ގދ.ވާދޫ / ގުލްބަކާގެ، އާމިނަތު ޒަހާ ޒިޔާދު

2 ވަނަ: ގދ.ތިނަދޫ / އާބާދުގެ، އާއިޝަތު ޝައިހާ ޝަރީފް.

3 ވަނަ: ގދ.ތިނަދޫ / އާބާދުގެ، މަރްޔަމް ނަބީލާ ޙަސަން.

13 އަހަރުން ދަށް (ނުބަލާ ކިޔެވުމުގެ ގޮފިން)

1 ވަނަ: ވ.ދޫނި / ކ.މާލެ،  އިބްރާހިމް ޖޫދު މުޙައްމަދު

2 ވަނަ: މ.ކޮޅުފުށި / ގްރީންވޯލްޑް، އިސްމާޢީލް ނަބްހާން ނަޞީރު

3 ވަނަ: އއ.ތޮއްޑޫ / އައިލެންޑްމާގެ، ޢަލީ ނަހުވާން

11 އަހަރުން ދަށް (ބަލައިގެން ކިޔެވުމުގެ ގޮފިން)

1 ވަނަ: ގ.ރެޑްކޮރަލް / ކ.މާލެ، ޢަލީޝާ އަޙްމަދު ޢަބްދުއްޝަކޫރު

2 ވަނަ: ތ.ތިމަރަފުށި / އުދަރެސް. މަރްޔަމް ސަމްރާ ސަރާޙް

3 ވަނަ: ހދ.ނޮޅިވަރަން / ސީނިޔާގެ، އާއިޝަތު ރާޔާ ޢަލީ

11 އަހަރުން ދަށް (ނުބަލާ ކިޔެވުމުގެ ގޮފިން)

1 ވަނަ: ހދ.ވައިކަރަދޫ / ގޯލްޑަންހައުސް، ޢަބްދުލްބާޠިން މުޙައްމަދު

2 ވަނަ: ހދ.ކުމުންދޫ / ފިނިފެންމާގެ، ފާޠިމަތު ޝިޔާމް ޢުމަރު

3 ވަނަ: ގއ.ކަނޑުހުޅުދޫ / ފީރޯޒްގެ  ޢާއިޝަތު އިބާ އަޙްމަދު ދީދީ

09 އަހަރުން ދަށް (ބަލައިގެން ކިޔެވުމުގެ ގޮފިން)

1 ވަނަ: ވ.ސަނަމް/ ކ.މާލެ، މަރްޔަމް އީޝަލް ޢަލީ ސަމީނު

2 ވަނަ: ގ.ރެޑްކޮރަލް / ކ.މާލެ، ޢަލީޝާ އަޙްމަދު ޢަބްދުއްޝަކޫރު

3 ވަނަ: މއ.ނިއު ސްކައިވިލާ / ކ.މާލެ، އާމިނަތު ރީޝަލް އަޙްމަދު ޒާހިރު

09 އަހަރުން ދަށް (ނުބަލާ ކިޔެވުމުގެ ގޮފިން)

1 ވަނަ: ގއ.ކޮލަމާފުށި / ސިލްވަރސީން، މަރްޔަމް ޖައިޝާ ޢަބްދުﷲ ނިޡާމް

2 ވަނަ: ވ.ޑެއިލީ ބްރީޒް / ކ.މާލެ، ރިޢާ މޫސާ އިބްރާހީމް

3 ވަނަ: ވ.ދޫނި / ކ.މާލެ،  އައިޝަތު އިބާ އަޙްމަދު އާދަމް

މި ޖޫން މަހުގެ 10ން 13ށް ހިންގި މި މިމުބާރަތް ކުރިއަށް ގެންގޮސްފައިވަނީ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލްގައެވެ. ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި 4 އުމުރުފުރައަކުން، ބަލައިގެން ކިޔުމުގެ ގޮފިންނާއި ނުބަލާ ކިޔުމުގެ ގޮފިން ޖުމްލަ 150 ކުދިން ވާދަކުރިއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށުގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރައެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ އޭބީސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ.

މިމުބާރާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއެކު ތުއްތު ކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކުރުމާއި ރީތިކޮށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން  ބާއްވާ ޤުރުއާން މުބާރާތެކެވެ.