customs

މޯލްޑިވްސް ޕޮލިސް ސަރވިސް އާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޑެޕިއުޓީ ކަމިޝަނަރ އޮފް ޢަބްދުﷲ ނަވާޒު އާއި ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި  ބައްދަލުވުމުގައި މައިގަޑުގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ރާއްޖެއަށް މަސްތަކުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން ފުލުހުންނާއި ކަސްޓަމްސް އާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ދެފަރާތް ގުޅިގެން މިހާރަށް ވުރެ ހަރުދަނާގޮތެއްގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ.

މި ބައްދަލު ކުރެއްވުމަކީ ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް މުޙައްމަދު ޖުނައިދު އައްޔަނު ކުރެއްވުމާއި ގުޅިގެން މަރުޙަބާ ދެންނެވުމުގެގޮތުންނާއި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލު ވުމެކެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ބޭފުޅުންނާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެލެއްވިއެވެ.