ވިލިމާލެ ޕޮލިސް ޤުރުއާން މުބާރާތް ފަށައިފި

ޕޮލިސް ސަރޖަންޓް ޙައްވާ ނަސްރާ
Vilimale quran mubaaraai

ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން “ވިލިމާލެ ޕޮލިސް ޤުރްއާން މުބާރާތް 1439” ފަށައިފިއެވެ.

މި ޖޫން މަހުގެ 10 ދުވަހު ފެށި މިމުބާރަތް ކުރިއަށް ދަނީ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލްގައެވެ. ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި 4 އުމުރުފުރައަކުން، ބަލައިގެން ކިޔުމުގެ ގޮފިންނާއި ނުބަލާ ކިޔުމުގެ ގޮފިން ޖުމްލަ 150 ކުދިން ވާދަކުރެއެވެ. މި މުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށުގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރައެވެ. މިމުބާރާތް ސްޕޮންސަރ ކޮށްފައިވަނީ އޭބީސީ ކޮންސްޓްރަކްޝަން ކޮންޕެނީގެ ފަރާތުންނެވެ.

މިމުބާރާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއެކު ތުއްތު ކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކުރުމާއި ރީތިކޮށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން  ބާއްވާ ޤުރުއާން މުބާރާތެކެވެ.