shop visit

 ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނުން ތ.ކިނބިދޫ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ

 މި ޖޫން މަހުގެ 10 ވަނަ ދުވަހު ހިންގި މި ޕްރޮގްރަމުގައި، ވިޔަފާރިތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ އެގޮތުން ވަގުންނަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުވުމަށްޓަކައި ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާއި ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމާއި ފައިސާގެ ވަގުނޫޓް ދެނެގަންނާނެގޮތާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފެނަކަ ކިނބިދޫ ބުރާންޗަށް ޒިޔާރަތްކޮށް ރައްކާތެރިކަމާއެކު ފައިސާ ގެންގުޅުމާއި ގުޅޭގޮތުން ނަސޭހަތްތެރި ވެފައިވެއެވެ

މީގެ އިތުރުން މި ޕްރޮގްރާމްގައި ، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ރީލޯރޑް އަދި ރާސްޓަސް ކުރުމާއި އެކައުންޓާއި ކޭޝްކަރޑްގައިވާ މަޢުލޫމާތު ހޯދަމުންދާ މައްސަލަ ތަކާއިގުޅޭގޮތުންނާއި، މިފަދަ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި  މިފަދަ ޢަމަލުތަކުން ރައްކާތެރިވެ ތިބުމަށްކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ތ. ކިނބިދޫ ވިޔަފާރި ވެރިންނާއި ފެނަކަ ކިނބިދޫ ބުރާންޗުގެ ފަރާތުން ފުލުހުންނަށް ވަަރަށް ބޮޑު އެއްބާރުލުމެއްވަނީ ލިބިފައެވެ