Nolhivaram

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހދ. ނޮޅިވަރަމް ސްކޫލުގެ ލިޓްލް މެއިޑުންނަށާއި ގާލް ގައިޑުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މެއި 8 ވަނަ ދުވަހުރޭ ނޮޅިވަރަމް ސްކޫލް ހޯލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވަނީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުންނާއި މަގުމަތި ބޭނުންކުރުމުގެ ރީތި އާދަތަކާއި ޓްރެފިކް ނިޝާންތަކުގެ މަޢުލޫމާތު އަދި މަގުމަތީގައި ބައިސްކަލް ދުއްވުމުގައި ދަރިވަރުން ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ހދ. ނޮޅިވަރަމް ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނެވެ.