ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމުގެ ތެރެއިން --
ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމުގެ ތެރެއިން --

ހުޅުމާލޭގައި ހިނގާ ކުށްމަދުކޮށް ހޭލުންތެރި ކުރުމުގެ ގޮތުން ވިޔަފާރިވެރިންނަށް އަމާޒްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލެ ކޮމިއުނިޓީ ސެންޓަރގައި މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އާންމުު ގޮތެއްގައި ވައްކަން ހިނގަން މެދުވެރިވާ ސަބަބުތަކާއި، ކުށްމަދު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ކުށެއް ހިނގައިފިނަމަ އަމަލުކުރަންޖެހޭ ގޮތްތަކާއި، އެފަދަ ކުށްތަކުން ސަލާމަތްވުމަށް ދުރާލައި އެޅިދާނެ ފިޔަވަޅުތަކާއި މުދަލާއި ފިހާރައިގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކާއި ރެސްޓޯރަންޓް ހިންގާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. ހުޅުމާލެ ޕޮލިސްއިން ދަނީ ހުޅުމާލޭގައި ކުށްމަދުކުރުމަށް އާއްމު ރައްޔިތުންނާއި ވިޔަފާރަވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.